ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޓްރީ ޓޮޕުން ބުނީ މި ކޭމްޕުގައި އަންނަ މަހުގެ 3ގެ ނިޔަލަށް ނަން ނޯޓުކުރެވޭނެ ކަމަށެވެ.
ރަޖިސްޓްރީ ކުރަން ޖެހެނީ:
3351610އަށް ގުޅައިގެން
[email protected]އަށް އީމެއިލްކޮށްގެން ވެސް ކުރެވޭނެ
ތަފްސީލް - ޓްރީ ޓޮޕުން ބުނި ގޮތުގައި، 5،500ރ.އަށް ބައިވެރިވެވޭ މި ކޭމްޕުގައި ހިތާނުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 9 އަށެވެ.
ހިތާނީ ޕެކޭޖުގައި ހިމެނެނީ:
ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
އޮޕަރޭޝަނަށް ފަހު ޑޭކެއާގައި މޮނިޓާ ކުރުން
ފޮލޯއަޕް ކޮންސަލްޓޭޝަން
އޮޕަރޭޝަނަށް ފަހު ލުއި ކެއުން
ހާއްސަ އަގެއްގައި އަމިއްލަ ކޮޓަރިއަކަށް ބަދަލުވުމުގެ ފުރުސަތު
މި ކޭމްޕުގައި ހިދުމަތް ދެއްވާނީ، ޓްރީ ޓޮޕުން ބުނި ގޮތުގައި، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ:
ޑރ. ހުސައިން ހަދީވް
ޑރ. އުކްތަމް އަބްދުއްލާޔެވް
ޑރ. މައުމޫން އާސިމް
ޑރ. އިބްރާހީމް މުއުމިން
ޑރ. މުހައްމަދު ޝަރީފް
ޑރ. އަބްދުﷲ އުބައިދު
ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑރ. މެހްމެތު އޮޑަރު
ޓްރީ ޓޮޕުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ