ބަންގްލަދޭޝްގެ އަންހެން ފުޓްބޯޅަ ޓީމު އޭޝިއަން ކަަޕަށް ކޮލިފައިވެއްޖެ ބަންގްލަދޭޝްގެ އަންހެން ފުޓްބޯޅަ ޓީމު އޭޝިއަން ކަަޕަށް ކޮލިފައިވެއްޖެ

މިޔަންމާ އަތުން 2-1 އިން މޮޅުވެ، ބަންގްލަދޭޝް އިން އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ޖާގައެއް ހޯދައިފި އެވެ.
ބަންގްލަދޭޝް އިން ފުރަތަމަ ފަހަރަށް އޭޝިއާގެ މައި މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެގެންނެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝް ވަނީ ބަހްރޭން އަތުން 7-0 އިން މޮޅުވެފަ އެވެ.
އަދި، ދެ ވަނަ މެޗުގައި، ކޮލިފައިން ކުރިއަށްދާ މިޔަންމާ އަތުން އެ ގައުމުގައި، 2-1 އިން މޮޅުވެ، ގްރޫޕްގެ އެއް ވަަނަ ކަށަވަރުކޮށް، ބާކީ މެޗެއް އޮއްވައި، އޭޝިއަން ކަޕްގެ ޖާގައެއް ހޯދީ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ، ކޮލިފައިން ގްރޫޕްގެ އެއް ވަނަ ޓީމެވެ.
ބަންގްލަދޭޝް އަށް އިއްޔެގެ މެޗުގައި، މިޔަންމާ ކޮޅަށް ދެ ގޯލު ވެސް ޖަހައިދިނީ ރިތޫ ޗަކްމާ އެވެ. މެޗުގައި، މިޔަންމާގެ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ، ވިން ވިން އެވެ.
ގްރޫޕްގެ ފަހު މެޗުގައި، ބަންގްލަދޭޝް އިން ނުކުންނާނީ ތުރުކުމެނިސްތާންއާ ދެކޮޅަށެވެ. ބަންގްލަދޭޝް، މި ވަގުތު އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިޔަންމާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބަހްރޭނަށް އެއް ޕޮއިންޓް އަދި ހަތަރެއްގައި އޮތް ތުރުކުމެނިސްތާނަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ބަންގްލަދޭޝް ވަނީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް، 2022، 2024 ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ