ސްޓެލްކޯއިން އިން ހިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ ސަރުކާރުން އިއުލާން ކޮށްފައިވާގޮތަށް އެކުންފުނިން ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ފަސޭހަކަމާއެކު، ބިލުދެއްކުމަށް މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އެދިފައެވެ. ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބިލް ދެއްކުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
މިމަހު 25 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންނަށް ލުއިތަކެއް ފޯރުކޮށް ދިނުމުގެ ގޮތުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގޭބިސީތަކުގެ ފެން ބިލުން 30 ޕަސަންޓު ޑިސްކައުންޓަކާއި ވިޔަފާރި ކުރާ ތަންތަނަށް، ބިލުން 20 ޕަސަންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ.
އޭގެ އިތުރުން ހުރިހާ ގޭބިސީއެއްގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓެއް ދޭން ނިންމާފައި ވާއިރު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލުން 20 ޕަސަންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ