ބަޔަކު އުޅެނީ ރާނިޔާ ބްލެކްމެއިލް ކުރަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހަގު އަނބި، ރާނިޔާ އަބްދުލްހަމީދު ބްލެކްމެއިލް ކުރަން ބަޔަކު އުޅޭ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ބަޔަކު، ރާނިޔާގެ ނަމުގައި ލިއުންތަކަކާއި ފޮޓޯތަކެއް އުފައްދައިގެން އުޅޭ ކަމަށެވެ. އަދި މިކަން އޭރުވެސް ފުލުހުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ރާނިޔާ ބްލެކްމެއިލް ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި، އެކަން ވެސް އެ ބަޔަކަށް ކާމިޔާބު ނުވި ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، ރާނިޔާގެ ފޮޓޯތަކެއް ކަމަށް ބުނެ އޮރިޔާން ފޮޓޯތަކެއް ވެސް ދައުރުވަމުން އެބަދެއެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ އެ ފޮޓޯތަކަށް ކަމަށް ބެލެވެއެވެ.މީގެ އިތުރުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ރާނިޔާއާ އިނުމުން އެ ދެމަފިރިންގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު މީޑިއާގައި ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގާސިމް ރާނިޔާއާ އިނުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންނެވެ. އެގޮތުން އެ ދެ ބޭފުޅުންގެ އުމުރުގެ ބޮޑު ތަފާތެއް ހުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުކިއަމުންނެވެ. ގާސިމަށް އުމުރުން 70 އަހަރުވެފައިވައިރު، ރާނިޔާއަށްވީ 23 އަހަރެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ