ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި މީހުންގެ އަދަދު ދެ ހަފުތާ ތެރޭގައި ދެގުނަ އިތުރުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، ބަލި ޖެހިފައިވާ ގިނަ ބަޔަކަށް ފަރުވާ ނުލިބި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާއިރު، މިއީ އެ ޖަމިއްޔާއިން މިހާތަނަށް ބަލަހައްޓާފައިވާ އެބޯލާގެ އައުޓްބްރޭކްތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ފަހަރެވެ.
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ކޮންގޯގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ޖުލައި 14 ވަނަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުން މިހާތަނަށް 2،011 މީހުންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، 754 މީހުން ވަނީ މަރުވެފަ އެވެ.
މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެބޯލާގައި މަރުވި މީހުންގެ އަދަދު ހުރީ 377 ގަ އެވެ. ނަމަވެސް، މި ބަލި މިހާރު ވަނީ އެންމެ ފުރަތަމަ ފެނުނު އިތޫރީ ސަރަހައްދުގެ ބޭރުން އިތުރު ދެ ޕްރޮވިންސަކަށް ފެތުރިފަ އެވެ.
މެޑިކަލް އެއިޑް ގްރޫޕް، ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ޖުލައި 15 ވަނަ ދުވަހު ބުނި ގޮތުގައި، މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގައި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2018 ވަނަ އަހަރު ފެށިގެން ދެ އަހަރަށް ދެމިގެންދިޔަ ކޮންގޯގެ ކުރީގެ އެބޯލާ އައުޓްބްރޭކްގައި ބަލިޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރުވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޗިކްވޭ އިހެކްވީޒޫ ޖުލައި 14 ގައި ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ހަގީގީ އަދަދު ރަސްމީ ހިސާބުތަކަށް ވުރެ "މަދުވެގެން ދެގުނަ ނުވަތަ ހަތަރު ގުނަ" އިތުރުވުން އެކަށީގެންވާ ކަމަށެވެ. ސަބަބަކީ އަލަށް ބަލިޖެހޭ މީހުންގެ 80 އިންސައްތަ މީހުންނަކީ ސިއްހީ އިދާރާތަކުން ބަލަމުންދާ ކޮންޓެކްޓް ލިސްޓުން ބޭރުގައި ތިބި މީހުންނަށް ވާތީ އެވެ.
ބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް (ކޭސް-ފެޓަލިޓީ ރޭޓް) މިދިޔަ ހަފުތާގައި 32 އިންސައްތައިގައި ހުރުމަށްފަހު، މިހާރު ވަނީ 37 އިންސައްތައަށް އުފުލިފަ އެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މިއީ ބަލީގެ ނުރައްކާތެރިކަން އިތުރުވުމަށް ވުރެ ބޮޑަށް، ބަލި ދެނެގަތުމާއި، އެކަހެރިކުރުމާއި އަދި ފަރުވާ ހޯދުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
އެބޯލާގައި މަރުވި މީހުންގެ އަދަދު ދެ ހަފުތާ ތެރޭގައި ދެގުނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ