އެތެރޭގެ ޑިމާންޑް ދަށްވެ ޗައިނާގެ އިގުތިސާދީ ދުވެލި މަޑުޖެހިއްޖެ

މި އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ޗައިނާގެ އިގުތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހިއްޖެ އެވެ.
އެ ގައުމުގެ އެކްސްޕޯޓް ވަރުގަދަވި ނަމަވެސް، އިގުތިސާދީ ދުވެލި މަޑުޖެހުނީ އެތެރޭގެ ބާޒާރުގައި މުދަލާއި ހިދުމަތަށް އޮތް ޑިމާންޑް ދަށްވުމާއި، އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ޗައިނާގެ ރަސްމީ ޖީޑީޕީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ގައުމުގެ އިގުތިސާދު ކުރިއަރާފައިވަނީ 4.3 އިންސައްތައިގަ އެވެ.
މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ފސް އިންސައްތައިގެ ކުރިއެރުމާ އަޅާބަލާއިރު ދަށް އަދަދެކެވެ. އަދި މިއީ ސަރުކާރުން މި އަހަރަށް ކަނޑައެޅި އަމާޒަށް ވުރެ ވެސް ދަށް މިންވަރެކެވެ.
މި ތަފާސްހިސާބުތައް އާންމުކޮށްފައި މިވަނީ، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ޗައިނާގެ އެކްސްޕޯޓް 27 އިންސައްތަ އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދެއްކިތާ އެއް ދުވަސް ފަހުންނެވެ.
މިދިޔަ މާޗު މަހު ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ އިގުތިސާދީ ކުރިއެރުމުގެ އަމާޒު 4.5 އިންސައްތަ އާއި 5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކޮށްފަ އެވެ. މިއީ 1991 ވަނަ އަހަރަށް ފަހު އެ ގައުމުން ކަނޑައެޅި އެންމެ ދަށް އަމާޒެވެ.
ބައެއް މާހިރުން ދެކޭ ގޮތުގައި މި ބަދަލަކީ އިގުތިސާދު މެނޭޖުކުރުމުގައި އޮފިޝަލުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.
މިއީ ފެބްރުއަރީ 28 ގައި އީރާން ހަނގުރާމަ ފެށުނު ފަހުން ޖީޑީޕީގެ ތަފާސްހިސާބުތައް ފުރިހަމަ ކުއާޓަރަކަށް ބަލައި އާންމުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ކޮވިޑް-19 ގެ ހަރުކަށި ފިޔަވަޅުތަކަށް ފަހު، 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގެ އިގުތިސާދީ ކުރިއެރުން އެންމެ ބޮޑަށް މަޑުޖެހުނު ކުއާޓަރެވެ.
ތަފާސްހިސާބުތަކާއެކު ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭރުގެ ގައުމުތަކުގެ މަސްރަހު ހުރި ގޮތުން ނުތަނަވަސްކަމާއި ޔަގީންކަން ނެތް ކަންތައްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
މީގެ އިތުރުން، އެ ގައުމުގެ އެތެރޭގެ އިގުތިސާދުގައި މުދާ އުފައްދާ މިންވަރު އިތުރުވި ނަމަވެސް، އެ ތަކެއްޗަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ނުތަނަވަސްކަމެއް އުފެދިފައިވާކަން އެ އިދާރާއިން ފާހަގަކުރި އެވެ.
ބުދަ ދުވަހު ވަކިން އާންމުކުރި އެހެން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާ ސަރުކާރަށް ވަނީ އެތެރޭގެ އިގުތިސާދުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މީގެ ތެރޭގައި ރިއަލް އެސްޓޭޓް މާކެޓް ދަށްވުމާއި، އާންމު ރައްޔިތުން މުދަލާއި ހިދުމަތަށް ކުރާ ހޭދަ މަދުވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ