ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު ދެގުނައަށް އުފުލިއްޖެއެވެ.
ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް 377 މީހުން މަރުވެފައިވާއިރު، މިހާރު މި އަދަދު ވަނީ 754 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 2،011 އަށް އަރާފައިވާއިރު، މިއީ ކޮންޓްރޯލުން ނެއްޓިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ވަނީ ސިފަކުރެވެން ފަށާފައެވެ.
ކޮންގޯގައި މި ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އެހީތެރިންނަށް ގިނަ ގޮންޖެހުންތަކަކާ ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަތިޔާރު އެޅި ހަނގުރާމަތަކާއި، ހަމަނުޖެހުންތަކުގެ ސަބަބުން ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، ބައްޔާމެދު އާންމުންގެ މެދުގައި އޮންނަ ނޭނގުމާއި ފިކުރީ ތަފާތުވުންތަކުގެ ސަބަބުން ފަރުވާ ހޯދުމަށާއި ވެކްސިން ޖެހުމަށް ދެކޮޅުހެދުމަކީވެސް ބަލި ފެތުރުން ހުއްޓުވުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.
އެބޯލާ ހާލަތު ގޯސްވެ، 14 ދުވަސްތެރޭ މަރުވި މީހުންގެ އަދަދު 754 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ