ސިވިލް ކޯޓުގެ ގާޒީ ޒުބައިރު ސިޔާސީ މަސައްކަތް ކުރައްވާ ކަމަށް ބުނާ މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ. ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އުޅުއްވާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ޖޭއެސްސީއިން ބުނީ މައްސަލަ ތަހުގީގު ކުރުމަށް މައްސަލައެއް ގޮތެއް ނިންމާ ކޮމިޓީއިން ނިންމުމާ ގުޅިގެންނެވެ. އަދި މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ