ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިރޭ ކާނިވަލުގައި ބާއްވަން ހަމަޖައްސާފައިވާ ޖަލްސާގެ ކުރިން އުމަރު ނަސީރު މައާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ކައުންސިލުން ނިންމާ އެކަން އުމަރަށް އަންގާފައިވަނިކޮށް މައާފަށް އެދުމުގެ ބަދަލުގައި އުމަރު ސިންގަޕޫރަށް ދިއުމަށް ނިންމައިފި އެވެ.
އުމަރު ނަސީރު ކުއްލި ގޮތަކަށް ސިންގަޕޫރަށް ދިއުމަށް ނިންމި ސަބަބެއް ސާފުވެފައެއް ނުވެ އެވެ.
ނަމަވެސް އުމަރު ނަސީރު ޕީޕީއެމް މެންބަރުންނަށް ފޮނުވަމުންދާ އެސްއެމްއެސްއެއްގައި ވަނީ އޭނާ މިރޭ ސިންގަޕޫރަށް ފުރާކަން އޭނާގެ ސަޕޯޓަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.
ޕީޕީއެމް ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ އުމަރު ރޭ ޖަލްސާ ބާއްވާފައިވަނީ ކައުންސިލްގެ ނިންމުމާއި ހިލާފަށް ކަމަށާއި އަދި ރައީސް މައުމޫން ވެސް ޖަލްސާ ނުބޭއްވުމަށް އަންގަވަފައިވަނިކޮށް ކަމަށެވެ.
އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ގުޅިގެން އުމަރު ދެއްކި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިރޭ ޕީޕީއެމްއިން ބާއްވާ ޖަލްސާގެ ކުރިން އުމަރު އާންމުކޮށް މައާފަށް ނޭދެފިނަމަ އޭނާ އާއި މެދު އިތުރު ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމާނެ އެވެ.
ޕީޕީއެމްއިން މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު މިރޭ ބާއްވާ ޖަލްސާގައި އުމަރު ނަސީރުގެ ޓީމުން ބައިވެރިނުވާން ނިންމާފައިވާއިރު އެޖަލްސާއަށް އުމަރު ނަސީރުގެ ސަޕޯޓަރުން ނުދިއުމަށް ވަނީ ގޮވާލާފައެވެ.
މައާފަށް އެދުމުގެ ބަދަލުގައި އުމަރު ކުއްލި ގޮތަކަށް ސިންގަޕޫރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ