މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީޕީއެމް އަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބުނުކަން ގަބޫލު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ނިހާން ވިދާޅުވީ "ޕީޕީއެމް އަށް ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބުނު ސަބަބުތައް ދެނެގަނެ އެކަންކަން އިސްލާހް ކޮށްލީމާ އެލިބެނީ ކާމިޔާބުކަން ޔަގީން" ކަމަށެވެ.
ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު "މިއީ ސެމީފައިނަލް" ކަމަށެވެ. އޭނާ ވިދާޅުވީ ފައިނަލް މެޗް އޮތީ 2018 ވަނަ އަހަރު ކަމަށާއި ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ. "މިސްޓޭކްތައް ރަނގަޅުކޮށް ތައްޔާރުވޭ" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކައުންސިލްތަކުގެ މެޖޯރިޓީ ގޮނޑި ޕީޕީއެމް އަށް ނުލިބުނު ނަމަވެސް އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނީ އެކަށީގެންވާ ކާމިޔާބެއް ކަމަށް ނިހާން ވަނީ ކުރިން ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކަށް އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ބޭފުޅުންތަކެއް ވެސް ކުރިއަށް އޮތްތަނުގައި ޕީޕީއެމް އާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން ވަނީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލް ވަރަށް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައެވެ. އަދި ގދ.ތިނަދޫ އާއި ވިލިގިނލި ފަދަ ދާއިރާތައް ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ހިންނަވަރު ދާއިރާ ފަދަ ޒަމާނުއްސުރެ އެމްޑީޕީގެ ސަޕޯޓް ބޮޑު ދާއިރާތައް ޕީޕީއެމް އިން ވެސް ކާމިޔާބު ކުރިއެވެ.
ޕީޕީއެމް އަށް މެޖޯރިޓީއެއް ނުލިބުނު، މިއީ ސެމީ ފައިނަލް، 2018 ގައި އޮތީ ފައިނަލް – ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ