ރައީސް ކިޔަވާ ކުދިންނަށް: އާ ކަންތައްތައް ދަސްކޮށް އާ ރަހުމަތްތެރިން ހޯދާ!

ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހިރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނަށް ކާމިޔާބަށް އެދިވަޑައިގެން ޓުވީޓު ކުރައްވައިފިއެވެ.މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ކާމިޔާބަށް ރަނގަޅު ނަސީބަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މިއަހަރަކީ އުފާވެރި ދިރާސީ އާ އަހަރަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މިއަހަރު އާ ކަންތައްތައް ދަސްކޮށް އާ ރަހުމަތްތެރިން ހޯދާ ހަނދާނުން ފޮހެލަން ދަތިކަންކަން ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. Best wishes and good luck to students across the country as they commence a new school year today. May your school year be a joyous one in which you learn new things, meet new friends and make memories that last a lifetime.— Ibrahim Mohamed Solih (@ibusolih) January 12, 2020މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނެއެވެ. އާ އަހަރުގެ ކިޔެވުން ފެށޭއިރު، ކޮންމެ އަހަރަކުވެސް ސްކޫލް ދަރިވަރުންނަށް ދޭ އަހަރީ ޗުއްޓީ ދެބައިކޮށް، އޭގެއިން އެއްބައި އަހަރުގެ މެދުތެރެއިން ލިބޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ