ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.
ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކޮށް ޝުޖާއު އިންތިހާބުމަށްފަހު، އެ ޕާޓީ އުވާލުމާ އެކު އަދި ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އޭނާ ދަފްތަރުވި އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ޝުޖާއު މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން(އީސީ) ގައި ދަފްތަރު ވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭގެ ބަޔާނުގައިވެ އެވެ.
އެހެންވެ، ތިނަދޫ ކައުންސިލް ރައީސްގެ މަގާމުން ޝުޖާއު ވަކިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގޮނޑި މިހާރު ހުސްވެފައިވާކަން އީސީއަށް އަންގަން މިދިޔަ އަންގާރަ ދުވަހު އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
The most trusted news source in the Maldives
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކިގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރިީކޮޅުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކައުންސިލް ހިންގުން ނައިބު ރައީސްއާ އޮތީ ހަވާލުކޮށްފަ އެވެ.
އެ މައްސަލާގައި ޝުޖާއު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މިދިޔަ މެއި މަހު މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ