ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑީގެ 30 މިނެޓުފަހުން ގަޑިޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
އިއްޔެ ގެޒެޓުކުރި އިސްލާހުގައި ބަޔާންކޮށްފައި ވަނީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި ހަމަޖެއްސުމަށް "ބަފާ ޓައިމް" އެއް އިތުރު ކޮށްފަައިވާ ކަމަށެވެ.
އެގޮތުން ސަރުކާރު މުވައްޒަފުންނަށް "ބަފާ ޓައިމް" ގެ ގޮތުގައި ދެވޭނީ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓު ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. ރަސްމީ މަސައްކަތު ގަޑިއަށް ފަހު، އެ ލިބޭ 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާ ނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް އެކަން އޮފީހަށް އަންގަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބަޔާންކުރެ އެވެ.
އެގޮތަށް ފަސްވާ ވަގުތު، ރަސްމީ މަސައްކަތު ގަޑީގެ ފަހުން ފުރިހަމަ ކުރުން ވެސް އެ އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.
އެ އިސްލާހުގެ ދަށުން ލުއި ނުލިބެނީ:
މި ބަދަލުގެ އިތުރުން، ވަޒީފާއަށް ވަންނަ މުވައްޒަފުންގެ ތެރެއިން އެއް އަހަރު ހަމަނުވަނީސް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ދޭންޖެހޭނީ ދެ ހަފުތާގެ ނޯޓިސް ކަމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
ސަރުކާރު މުވައްޒަފުން އޮފީހަށް ހާޒިރުވާންޖެހޭ ވަގުތުގެ 30 މިނެޓު ފަހުން ގަޑިޖެހޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ