އެޓޯލް ޖޫނިއާ ފުވައްމުލަކަށް، އެޓޯލް އިންޓަ ސްކޫލް މުބާރާތް އައްޑުއަށް

މިއަހަރު ރާއްޖޭގެ އަތޮޅު ތަކުގައި ބާއްވާ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ބާއްވާނެ ރަށްތައް އެތްލެޓިކްސް އެސޯސިއޭޝަނުން ކަނޑައަޅައިފި އެވެ.
އަންނަ މާޗް މަހުގެ 19 އިން 22 އަށް ބާއްވާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައިވަނީ ޏ. ފުވައްމުލަކުގަ އެވެ. އަދި ޖޫން މަހުގެ 18 އިން 21 އަށް ބާއްވާ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓް ބޭއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގަ އެވެ.
މުބާރާތް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ މި ދެ މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ފަސް ރަށަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް އެތްލެޓިކްސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ދިރާސާކުރުމަށް ފަހުގައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ އަތޮޅުތަކުގައި 1996 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެތުލެޓިކްސް މުބާރާތްތަކަށް ބަލާއިރު ހދ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީ އަކީ އެތުލެޓިކްސް މުބާރާތްތައް އެންމެ ގިނައިން ބޭއްވި ދެރަށެވެ.
ޏ. ފުވައްމުލަކުގައި 2000 އަދި 2010ވަނަ އަހަރު ވަނީ އެތުލެޓިކްސް މުބާރާތް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ