އައިއެމްޑީސީއިން ކަރަންޓް ކަނޑާލީ ބިލާ ހަވާލުނުވުމުން - ފެނަކަ

އައްޑޫ ސިޓީގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލީ އެ ހޮސްޕިޓަލުން ކަރަންޓު ބިލާ ހަވާލު ނުވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން ކަރަންޓު ކަނޑާލީ ކުންފުނީގައި އަމަލު ކުރަމުންދާ ކަރަންޓު ހިދުމަތްދިނުމާ ބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
ވިޔަފާރި ކަސްޓަމަރުންނަށް ދެމުން އައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން ލުއި ގޮތެއް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ވިޔަފާރި ކެޓަގަރީތަކުގެ ކަސްޓަމަރުންނަށް ފޮނުވުނު މާޗް މަހުގެ ގެ ކަރަންޓް ބިލާއި ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިލް ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ ނުވާ ގޮތަށް އަދި އެއްވެސް ވިޔަފާރި ކެޓަގަރީގެ ކަސްޓަމަރެއްގެ ކަރަންޓް ބިލް މުއްދަތުގައި ފައިސާ ނުދައްކައިގެން ވެސް ކަރަންޓު ކަނޑާނުލާ ގޮތަށް ކުންފުނިން ހަމަޖައްސާފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ނަމަވެސް މެއި އެކެއް އިން ފެށިގެން އެހެން ކެޓަގަރީގެ ކަސްޓަމަރުންނެކޭ އެއްގޮތަށް ވިޔަފާރި ކެޓަގަރީގެ ކަސްޓަމަރުން ވެސް ޖޫރިމަނާވުމާއި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވުމަށްފަހު ކަރަންޓް ކަނޑާލެވޭނެކަން އިއުލާނުކޮށްފައިވާނެއެވެ" އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ހަގީގަތެއް ނުބަލައި ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އާންމު ރައްޔިތުންގެ ދޭތެރޭ އިތުބާރު ގެއްލި ކުންފުންޏާ ދޭތެރޭ ދެކޭގޮތް ބަދަލުވާގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ