ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަތުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު ލިބިފައި ނުވާތީ ރައީސް ނަޝީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެމަނިކުފާނު މަދަރުސާއަށް ވަދެވަޑައިގަތް ފަހުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މާޒީގައި އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރުވެސް މިފަދަ ރަސްމިއްޔާތުތަކަށް ދައުވަތު ލިބިވަޑައިގަންނަވާކަމަށް ވިދަޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ ވަޒީރުން އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވި މި ޖަލްސާގައި، ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ މި ޖަލްސާގައި ރާއްޖޭގެ ތަރައްގީއަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށްފައިވެއެވެ.
އެގޮތުން ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ލަގަބު އެރުވިއިރު، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި ހަނދާނީ ފިލާ އަރުވާފައިވެއެވެ.
މިނިވަން ދުވަހުގެ ޖަލްސާއަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު، ޖަލުގައި އޮތް އިރު ވެސް ދައުވަތުދޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ