ޖޫން މަހުގެ ދެވަނަ ދުވަހުގެ މެންދަމު 1:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވާ މަޖިލީހުން ބޭރުކުރުމުގެ ތެރޭގައި މާރާމާރީ ހިންގާފައިވާތީ އެކަމުގެ ހިތްހަމަނުޖެހުމުގައި އިދިކޮޅު ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ މެމްބަރުން މިއަދުގެ ޖަލްސާވެސް ބޯއިކޮޓްކޮށްފިއެވެ.
ޖަލްސާ ބޯއިކޮޓްކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އިއްޔެއާއި މިއަދުގެ ޖަލްސާ ބޯއިކޮޓު ކުރީ މަޖިލިސް ރައީސް ޤަވާއިދާއި ހިލާފުވެ، މާރާމާރީ ހިންގުވާފައިވާތީވެ އިހުތިޖާޖު ކުރުމުގެ ގޮތުންކަމަށެވެ. މީގެ އިތުރުން މަޖިލިސް ރައީސް މައާފަށް އެދެން ޖެހޭނެކަމަށާއި މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާހެން ހިންގަން ހުރި ތަނެއް ނޫންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މެމްބަރު މަޖިލީސް ބޯއިކޮޓްކޮށް ޖަލްސާއަށް ހާޒިރުވެވަޑައިނުގަންވާތީ މި ދެދުވަހުގެ މުސާރަ ހަލާލުވާނެތޯވެސް ދާއިރާގެ ރައްޔިތެއް ޓުވީޓާގައި ސުވާލު އުފައްދާފައިވެއެވެ. އަދި ޕީ.ޕީ.އެމް/ ޕީ.އެން.ސީއަށް ތާއިދު ކުރައްވާ ފަރާތްތަކުން އަންނަނީ ޖަލްސާތަކަށް ހާޒިރުނުވެ ބޯއިކޮޓު ކުރަން ޖެހޭނެކަމަށްބުނެ އެ ޕާޓީގެ ނިންމުމަށް ތާއިދުކުރަމުންނެވެ.
އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދުވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު މަޖިލީހަށް ހާޒިރެއް ނުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ