ބިރު ދައްކައިގެން ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެކަމަށާ އެ ރައްޔިތުން ދެމިތިބޭނީ އިސްލާހީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އަބުދުﷲ އަހުމަދު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގދ. ތިނަދޫއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ތަރައްގީގެ އެތައް މަޝްރޫއެއް ހިންގުމުން ތިނަދޫ ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް އިޚްލާސްތެރިކަން ދައްކައިދީފައި ނުވާ ކަމަށް ދޭހަވާ މޭރުމުން ތިނަދޫއަށް ނިސްބަތްވާ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވާހަކަދައްކަވާފައިވާތީއެވެ. އަދި ތިނަދޫގެ ދެ މެންބަރުންނަކީ ގައުމަށް ޣައްދާރުވެފައިވާ ދެ މެންބަރުންކަމަށް ވިދާޅުވެ ނިހާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މެންބަރު އަބުދުﷲ އަހުމަދު ވިދާޅުވީ ފާސިގުންނާއި، ޚާއިނުންނާއި ބާޢީންގެ ކިބައިން މިހާރު ތިނަދޫ ސަލާމަތްކޮށްފައިވާކަމަށާ ދެން އޮތީ އެބައިމީހުންގެ ކިބައިން ދިވެހި ގައުމު ސަލާމަތްކުރުންކަމަށެވެ. އަދި އެކަމަށް ގިނަ ދުވަސްތަކެއް ދެން ނެތްކަމަށްވެސް އަބުދުﷲ ވިދާޅުވިއެވެ.
ބިރު ދައްކައިގެން ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ: މެންބަރު އަބުދުﷲ އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ