މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ އެތަނުގެ ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދެ ޖަނަރޭޓަރު ހުއްޓުމުން ކަމަށެވެ. އެކަމަކު މިހާރު މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މާލެއިން ކަރަންޓް ކެނޑުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. އަދި ކަރަންޓް ކެނޑި ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރަމުންދާތީ އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ސްޓެލްކޯ އަށް އަމާޒުވެފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހްމަދު ޒުހޫރު ދާދި ފަހުން ވިދާޅުވީ މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯގައި އެބަހުރި ކަމަށެވެ. މާލެއިން މިހާރު ކަރަންޓް ކެނޑެން މެދުވެރިވާ މައިގަނޑު ސަބަބަކީ މާލެއަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކަރަންޓް ކޭބަލްތައް ބަލިކަށިވުން ކަމަށްވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.
މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ކަރަންޓްގެ މައްސަލައެއް ރަށެއްގައި ނުހިނގާ ދުވަހެއް މަދެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ