ވ. އަތޮޅުގައި ގެއްލުނު ފަތުރުވެރިން ހޯދުމަށް ހިންގި ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައި، ފަސްދާނުލައިފިއެވެ.
މަރްޙޫމް މަޙުދީގެ މޫނު ދެއްކުމާއި ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ. މަޙުދީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި ގިނަ އަދަދެއްގެ އާންމުންނާއި ދައުލަތުގެ އިސް ބޭފުޅުން އިސްލާމީ މަރުކަޒަށް ޖަމާވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ވެރިން ހިމެނިވަޑައިގެންނެވިއެވެ.
ކަށުނަމާދަށްފަހު، މަރްޙޫމްގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސްފައިވަނީ ސިފައިންގެ ޚާއްސަ ރަސްމީ ވެހިކަލެއްގައެވެ. ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައި ބޭއްވި މި ޖަނާޒާގައި، މަޙުދީގެ ޝަރަފުގައި ސިފައިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި މަޙުދީގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރްޙޫމްގެ އާއިލާއާ ހަވާލުކުރައްވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް މަޙުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ