ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ވައިބާ ރޭގެ ވަގުތެއްގައި އެކްޓިވް ވެފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ރޭގެ ވަގުތެއްގައި އަބްދުﷲ ރިޔާޒު ވައިބާގައި އޮންލައިން ވެފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.
އަބްދުﷲ ރިޔާޒު މިވަގުތު ހުންނެވީ ޖަލު ބަންދުގައި ކަމުން އަދި ރިޔާޒުގެ ފޯނު މިވަގުތުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވުމާއެކު އެގޮތަށް އަބްދުﷲ ރިޔާޒުގެ ފޯނު ބޭނުންކުރާނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ މީގެކުރިންވެސް އެމްޑީޕީގެ އެކްޓީވިސްޓް ތޮއްޔިބު ޝަހީމްގެ ސިމްގެ ޑުބްލިކޭޓްއެއް ނުވަތަ ކްލޯން ސިމްއެއް ހަދައިގެން ބޭނުން ކޮށްފައިވާއިރު، މިވަގުތު ޖަލުބަންދުގައި ތިބި ސިޔާސީ ބޭފުޅުންގެ ފޯނުވެސް ފުލުހުން މިގޮތަށް ބޭނުން ކުރަނީ ކަމަށް ސުވާލު އުފެދޭ ކަމަށެވެ.
ރިޔާޒު މިހާރުވެސް ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެދަށުން މިދިޔަ މާޗްމަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ފުލުހުން ވަނީ ރިޔާޒުގެ މައްޗަށް ކޮށްފައެވެ.
އެކަމަކު ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އަބްދުﷲ ރިޔާޒުގެ ވައިބާރ އެކްޓިވް ކަމަށް ޖޭޕީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ