ޕެންޓަގަނުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ބުނި ގޮތުގައި ޖަރުމަނުގެ ފަރާތުން ފަހަކަށް އައިސް ފެންނަނީ އެކަށީގެންނުވާ އަދި އެއްވެސް އެހީތެރިކަމެއް ނެތް އަމަލުތަކެކެވެ. އަދި ޓްރަމްޕް މި ފިޔަވަޅު އަޅަނީ އެފަދަ ބޭކާރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕެންޓަގަނުން ބުނާ ގޮތުގައި މި ބަދަލާއެކު ޔޫރަޕުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު، 2022 ވަނަ އަހަރު ރަޝިއާއިން ޔުކްރެއިނަށް އަރައިގަތުމުގެ ކުރިން އޮތް މިންވަރަށް ދަށްވާނެއެވެ. އެ ހަމަލާއާ ގުޅިގެން ބައިޑެން ވަނީ ޔޫރަޕުގައި ތިބި ސިފައިންގެ އަދަދު ބޮޑުތަނުން އިތުރުކޮށްފައެވެ.
ޓްރަމްޕް ވަނީ ޖަރުމަނުގެ އިތުރުން ނޭޓޯގެ އެހެން ގައުމުތަކަށްވެސް ފާޑުކިޔާފައެވެ. ޚާއްޞަކޮށް ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާއަށް އެހީތެރިކަން ދިނުމަށް އެ ގައުމުތަކުން ނޭވީ ފޮނުވާފައި ނުވާތީ ޓްރަމްޕް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެޔޮ މާކެޓަށާއި އެނަރޖީ ސަޕްލައިއަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އެމެރިކާއަށް ފައިދާހުރި އޮޕަރޭޝަންތަކުގައި އެކަށީގެންވާ އެހީތެރިކަން ނުދީ، ބޭކާރު ވާހަކަތައް ދެއްކުމާ މެދު ޓްރަމްޕް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ޕެންޓަގަނުން ބުނެއެވެ.
ޖަރުމަނުގައި ތިބި އެމެރިކާގެ 5,000 ސިފައިން އަނބުރާ ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ