ގއ. ވިލިނގިލީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ ދާންދޫ ދާއިރާގެ ހުވާކުރުން ފަސް ކުރަން ހައިކޯޓުން އަމުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި ގުޅިގެން އިންތިޚާބީ ޝަކުވާގެ ގޮތުގައި ހައިކޯޓަށް މައްސަލަ ހުށަހެޅިފައި ވާ ބައެއް ދާއިރާތަކަށް ހޮވިފައިވާ ކެންޑިޑޭޓުން މަޤާމުގެ ހުވާ ކުރުން ފަސް ކުރުމަށް ހައިކޯޓުން އަމުރު ނެރެފިއެވެ.
ހައިކޯޓުގެ އަމުރުގައި ބުނަނީ ގއ. ވިލިނގިލީ ރަށު ކައުންސިލިގެ ވޯޓާއި ގއ. އަތޮޅު ކައުންސިލު، ދާންދޫ ދާއިރާގެ ވޯޓާ ގުޅިގެން އެކޯޓަށް ހުށަހެޅުނު އިންތިހާބީ ޝަކުވާ ބަލައި ނިމުމުގެ ކުރިން އެ ދާއިރާތަކަށް އިންތިހާބުވެފައިވާ ބޭފުޅުންގެ މަގާމުގެ ހުވާ ކުރުމަކީ އެ ދާއިރާގެ އިންތިހާބާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކާއި އެ ދާއިރާތަކަށް އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ހައްގަކަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ އަމުރުގައި ބުނަނީ މި ދެ ދާއިރާގެ ވޯޓާއި ގުޅިގެން ހައިކޯޓަށް ހުށަހެޅިފައިވާ ޝަކުވާގެ މައްސަލަތަކުގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތެއް އަންގަންދެން އެ ދެ ދާއިރާއަށް އިންތިހާބުވެފައިވާ ކެންޑިޑޭޓުން ގެ ހުވާ ކުރުން ފަސް ކުރުމަށް އަމުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ