ހދ.ހަނިމާދޫ އިންތަރނޭޝަނަލް އެއާޕޯޓް ހިންގަން އެންމެ ރަނަގޅުގޮތަކީ ބީލަމަށް ލައިގެން ބަޔަކު ހޯދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ސިނާއަތުގެ ނަގާކިޔާ ބޭފުޅުން ތިއްބަވާ ޗެޓް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރިގޮތަކީ، ހަނިމާދޫ އެއާޕޯޓް ބީލަމަށް ލައިގެން އެތަން ހިންގާނޭ ބަޔަކު ހޯދުންކަމަށެވެ. އެގޮތުން އެންމެ ރަނގަޅުވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި ވިޔަފާރިތައް ހިންގުންކަމަާއި އެގޮތުން ބީލަމުގެ އުސޫލުން އެއާލައިނަކަށް ދީފިނަމަ އެތަނަށް ލިބޭނޭ ފައިދާ ބޮޑުވާނޭކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މި މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނިވެރިވެގެން ލޯނަށް ދިއުމަށްވުރެ އަތުގައި އޮތް އެއްޗެއް ކުއްޔަށްދީގެން ފައިސާ ހޯދިއްޖެނަމަ އެކަމުން ކުރާނޭފައިދާ ބޮޑުވާނޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރަށް ހިންގަން ދީފައި އޮތްނަމަހީ މިއަދު ރާއްޖެއިން ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދައްކަން ނުޖެހުނީސްކަމަށާއި، އޭރުން އެއާޕޯޓް ހިންގާތާ 10 އަހަރުވާނޭކަމަށާއި، ސަރުކާރަށް ލިބޭނޭ ފައިދާ ކުޑަނުވާނޭކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާފައިމިވަނީ އެ އެއާޕޯޓް އިންޑިއާގެ އަދާނީ އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށް ތުހުމަތުކުރައްވައި، އެކަން އިކޮނޮމިކް މިނިސްޓަރު މިއަދު ދޮގުކުރައްވާފައިވަނިކޮށެވެ. މިދިޔަ ބްރާސްފަތިދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވަނީ، އަދުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށެވެ. އެގޮތުން އެ މުއާމަލާތުގައި އަދާނީ ގްރޫޕްގެ ޗެއާމަނާ ސަރުކާރުގެ ފަރާތުން ބައްދަލުކޮށްފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަަކެއް ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ. އެ އެއާޕޯޓުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދުގެ ރަޢުޔުއަކީ، ހަނިމާދޫ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ