އިދިކޮޅު އިއްތިހާދުން ނެރޭ ކެނޑިޑޭޓަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެތައް ގުނައެއް ގައުމަށް ހެޔޮ ވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެއް ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނެ ފަރާތެއް ބެލުމަށް ރާއްޖެ ޓީވީން ނެގި ޓްވިޓާ ޕޯލްއެއްގައި ގާސިމަށް އެންމެ މަތިން 43 ޕަސަންޓު ލިބިފައި ވަނިކޮށެވެ. އަދި އެ ޕޯލްގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 25 ޕަސެންޓެވެ.
އެކަމަށް އިޝާރަތް ކުރައްވާ ނިހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ޓީވީން ހުޅުވާލި ޕޯލްގައި ކެނޑިޑޭޓެއް ގޮތުގައި ނެރެން އެކަށިގެންވާ އެކަކުވެސް އިދިކޮޅު ކޯލިޝަންގައި ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ވުރެ އެތަށް ގުނައަކުން ގާސިމް ގައުމަށް ހެޔޮ އެދޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން މިއަދު ކުރެއްވި ޓްވިޓާ
އެހެން ނަމަވެސް ރާއްޖެޓީވީ ޕޯލްތަކަށް އާންމު ގޮތެއްގައި ލިބެނީ 300 އެއްހާ ވޯޓު ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އަށް ޑޮލަރަށް 100 ވޯޓުގެ ނިސްބަތުން ބޮޓް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ވޯޓު ކާމިޔާބު ކުރެވިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ރާއްޖެ ޓީވީން ފެށި ޕޯލްގެ ނަތީޖާއާ ހަމަޔަށް ދިޔަ އިރު ގާސިމަށް އެންމެ ގިނަ ވޯޓު ލިބިފައިވާ އިރު ދެވަނަ 30 ޕަސަންޓު ވޯޓާއެކު ދެވަނަ އަށް ދިޔައީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށެވެ. އަދި 25 ޕަސަންޓު ވޯޓާއެކު ރައީސް ނަޝީދު ތިން ވަނައަށް ދިޔަ އިރު ދެ ޕަސަންޓު ވޯޓާއެކު އެންމެ ދަށަށް ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
އެއް ކެނޑިޑޭޓަކަށް ނަޝީދަށްވުރެ ގާސިމް ރަނގަޅުވާނެ: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ