ވިޔަފާރި މުއާމަލާތާއި ފައިސާ ދެއްކުމުގެ ނިޒާމުތަކުގައި ރާއްޖޭގައި ފައިސާ ބޭނުންކުރާ ގޮތާ ބެހޭގޮތުން ދިރާސާއެއް ކުރަން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައި އިއުލާންކޮށްފި އެވެ.
ނޫސް ބަޔާނެއް މެދުވެރިކޮށް އެމްއެމްއޭއިން މިއަދު ހަވީރު ބުނީ ދިރާސާ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށާއި އެއީ ދިރާސާގެ ފުރަތަމަ ބައި ކަމަށެވެ. އެބައި ދާނީ މާލެ އާއި ވިލިމާލެ، ހުޅުމާލޭގަ އެވެ.
މި ދިރާސާއަކީ އެކި މުއާމަލާތްތަކުގައި ފައިސާ ދައްކާއިރު ރާއްޖޭގައި ދިމާވާ މައްސަލަތައް ހޯދުމާއެކު ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް ފަސޭހަ ގޮތްތަކެއް ހޯދުމެވެ.
ދިރާސާގެ ސާވޭ ކުރުމުގައި މައުލޫމާތު ނަގާނީ މަސްވެރިކަމާއި އިމާރާތްކުރުމާއި ވިޔަފާރިއާއި މާލީ ހިދުމަތާއި ޓޫރިޒަމާއި މުއާސަލާތީ ޚިދުމަތާއި ދަތުރުފަތުރު ފަދަ ބައިތަކުންނެވެ.
ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭ ދިރާސާއެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ