އޮސްމާނޭ ޑެމްބެލޭގެ ދެ ގޯލުން ލިވަޕޫލް 2-0އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަމް ޕީއެސްޖީ ދަތުރުކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގައި ޑެމްބެލޭ ގޯލު ޖެހީ 73 ވަނަ މިނިޓާއި މެޗު ނިމިނިމި އޮއްވަ އެވެ. މިއާއެކު ދެ މެޗުން ޕީއެސްޖީ އަށް ކުރި ލިބުނީ 4-0އިންނެވެ.
މި ނަތީޖާއާއެކު މި ސީޒަނުގައި ލިވަޕޫލަށް ތައްޓެއް ނުލިބޭނެކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ އިނގިރޭސި ހުރިހާ މުބާރާތަކުން ވެސް އެ ޓީމު ކަޓާފައިވާތީ އެވެ.
ލިވަޕޫލް މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭތޯ އެވެ. މިވަގުތު އިނގިރޭސި ލީގުގައި އެ ޓީމު އޮތީ ފަސް ވަނާގަ އެވެ. ފަހަރުގައި މި މަގާމުގައި އޮވެ ލީގު ނިންމާލައިފިނަމަ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިދާނެ އެވެ. އާއްމުކޮށް ޗެމްޕިއަންސް ލީގުން ޖާގަ ލިބެނީ އިނގިރޭސި ގަދަ ހަތަރު ޓީމަމަށެވެ.
މަ ނަތީޖާއާއެކު ލިވަޕޫލްގެ ކޯޗުކަމުގައި އަންނަ ސިޒަނުގައި އާނޭ ސްލޮޓް ނުހުންނާނެ ކަމަށް ބުނާ ފަރާތްތައް ވަނީ ގިނަވެފަ އެވެ. މެޗަށް ފަހު އޭނާ ބުނީ މީގެ ހަފުތާއެއއް ކުރިން ޕީއެސްޖީގެ ދަނޑުގައި ދެއްކި ކުޅުމަށްވުރެ މި މެޗުގައި ލިވަޕޫލް ހުރިހާ ގޮތަކުން ވެސް މޮޅު ކަމަށެވެ.
"އެކަމަކު ފުޓްބޯޅައިގައި ނަތީޖާ ލިބެނީ އެންމެ މޮޅަށް ކުޅޭ ޓީމަކަށް ނޫން. ބައެއް ފަހަރު އެހެން ނުވެދޭ. މިއީ އެފަދަ ފަހަރަކޭ ވެސް ބުނެވިދާނެ. މި ސީޒަނުގައި އަހަރުމެންނަށް އުނފަގޫ ކަންތައްތަކެއް ކުރިމަތިވެއްޖެ،" ސްލޮޓް ބުންޏެވެ.
މި މެޗުގައި ލިވަޕޫލްގެ ފްރާންސް ފޯވަޑް ހޫގޭ އެކިޓިކޭ ވަނީ ފުރަތަމަ ހާފުގައި ބާލައިފަ އެވެ. މެޗަށް ފަހު ލިވަޕޫލްގެ ޑިފެންޑަރު އިބްރާހީމާ ކޮނާޓޭ ބުނީ ފެންނަ ފެނުމަށް އެކިޓިކޭ އަށް ލިބުނީ ސީރިއަސް އަނިޔާއެއް ކަމަށާއި އޭނާއާ މެދު ހިތާމަ ކުރާ ކަމަށެވެ.
ޑެމްބެލޭގެ ދެ ގޯލުން ލިވަޕޫލް ކަޓުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ