ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.
ރައީސް މައުމޫން މިރޭ ޓްވީޓް ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިރޭ މެލޭޝިއާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރައީސް މައުމޫން، މެލޭޝިއާއަށް ވަޑައިގެން، މަލޭޝިއާ މަގުން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސް ފަރުވާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ