އަނިޔާވެރިކޮށް ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އިހުމާލުވުމުގެ ދައުވާ އުފުލާފައިވާ ދައުލަތުގެ މުވައްޒަފުންގެ މައްސަލަ ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ބެއްލެވުން މަސްލަހަތަށް ފުށު އަރާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީ އޮފީހުން ބުނެފި އެވެ.
މީގެކުރިން މި މައްސަލަތައް ބެއްލެވީ ގާޒީ އަހުމަދު ޝަކީލެވެ. ގާޒީ ޝަކީލް ވަނީ ކުއްލި ގޮތަކަށް ފެމެލީ ކޯޓަށް ބަދަލު ކުރައްވާފަ އެވެ. އެހެންވެ އެ މައްސަލަ ބެއްލެވުމާ މިހާރު ހަވާލުވެވަޑައިގެންފައިވަނީ މިފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ގާޒީ ހައިލަމެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލާގައި ދައުވާ ލިބޭ މީހުންނަކީ ގާޒީ ހައިލަމްއާ ގާތް ގުޅުމެއް އޮންނަ ބައެއްކަން އެ އޮފީހަށް އެނގިފައިވާތީ އެކަން ފާހަގަކޮށް ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޕީޖީގެ ފަރާތުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.
އަޑުއެހުމުގައި ޕީޖީއިން އެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ. ދެން މި މައްސަލަތަކުގައި އޮންނަނީ ހެކިން ހާޒިރުކުރުމެވެ.
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ޕީޖީއިން ދައުވާކޮށްފައިވަނީ ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެކްޓިން ކޮމާންޑަރަކަށް އޭރު ހުރި ލިސާން އަބޫބަކުރާއި ޖެންޑާ މިނިސްޓްރީގައި އޭރު މަސައްކަތްކުރި ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އޭރު މިނިސްޓްރީގެ ވ. އަތޮޅު ގޮފީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާގެ މައްޗަށެވެ. މީގެ ތެރެއިން ތިން މީހަކާ ގާޒީ ހައިލަމްއާ ގާތް ގުޅުމެއް އޮންނަ ކަމަށް ޕީޖީއިން ވަނީ ފާހަގަކޮށްފަ އެވެ.
އިބްތިހާލު މައްސަލަ ގާޒީ ހައިލަމް ބެލުން މަސްލަހަތަށް ފުށުއަރާ: ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ