އެކްސިޑެންޓުވުމުން ފިލި އުޅަނދު އަދިވެސް ނުފެނޭ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ކައިރިގައި ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ 48 ގަޑިއިރުވީއިރު އަދިވެސް އެ އުޅަނދު ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ. 
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. 
އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެ އުޅަނދު ނުފެންނަ ކަމަށް ބުންޏަސް އެ އުޅަނދާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. 
The most trusted news source in the Maldives
މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ. 
އެ އެކްސިޑެންޓްގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނެކެވެ. 
އައިޖީއެމްއެޗުން "މިހާރު" އަށް ބުނި ގޮތުގައި އޭގެ ތެރެއިން ތިން މީހަކަށް އެޑްމިޓްކޮށްގެން ވޯޑުގައި ދަނީ ފަރުވާދެމުންނ ެވެ. އަދި އަނެއް ދެމީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ