ހަބަރު ފެތުރުމުގައި މީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެ: ގާސިމް

ނޫސްވެރި ކަމުގައި ހަގީގަތާއި އެއްގޮތަށް ހަބަރު ފަތުރައި މއުލޫމާތު ފެތުރުމުގައި ޒިންމާދާރު ވުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
ވީ މީޑިއާގެ ހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމީތުގައި ވާހަކަފުޅު ދައްކަވަމުން ވީމީޑިއާގެ ވެރިޔާ، ގާސިމް ވިދާޅުވީ ހަބަރާއި މައުލޫމާތު ފެތުރުމުގައި އާންމު ރައްޔިތުންގެ އަބުރާއި ކަރާމަތަށް އަރައިގަތުމުގެ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ "ނޫސްވެރިން ހިތް އެދޭ ފަދަ ސުރުހީތައް ޖަހައި ތާކުން ތާކު ނުޖެހޭ ހަބަރުތައް ފެތުރުމުން ވެސް ދުރުހެލިވާން ޖެހޭނެ" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ދޮގު މައުލޫމާތު ގެނެސްދިނުމުން ދުރުހެލިވެ މީހުންގެ އަބުރާއި ކަރާމަތަށް އަރައިގަތުމުން ދުރުހެލިވާށޭ،" ގާސިމް ވިދާޅުވިއެވެ. "އޭނާ [ނޫސްވެރިޔާ] ހިތް އެދޭ ފަދަ ސުރުހީ ތައް ޖަހައިގެން ހަބަރު ފެތުރުމުން މިއަދު ދުރުހެލިވާން ޖެހޭ، އެއީ ވަރަށް ނުރައްކާތެރި ކަމެއް،"
ގާސިމް ވިދާޅުވީ ވީ މީޑިއާގެ އެއްވެސް މީޑިއަމްއަކުން އެފަދަ ކަމެއް ފެންނަން ބޭނުން ނުވާ ކަމަށާއި މިހާތަނަށް ވެސް ފެނިފައި ނުވާ ކަމަށެވެ. އަދި ވީމީޑިއާގެ ވީޓިވީ ފުރަތަމަ ވުޖޫދަށް ގެނައުމަށް ކުރެއްވި ބުރަ މަސައްކަތުގެ މައްޗަށް ވެސް ގާސިމް ރޭ އަލި އަޅުވާލެއްވިއެވެ. ވީމީޑިއާގައި ވީޓީވީގެ އިތުރުން ވީ އޮންލައިނާއި ވީއެފްއެމާއި ވީކްލީ އޮވެއެވެ.
ރޭގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަ އިބްރާހިމް ހަލީލް ވިދާޅުވީ ބޭނުން ކޮށްލާފައި އެއްލާލާ އެއްޗަކަށް މީޑިއާ އާއި ނޫސްވެރިން ހެދުމުގެ ބަދަލުގައި މީޑިއާގެ ބޭނުން ދެމެހެޢްޓެނިވި ގޮތެއްގައި ހިފޭފަދަ "ސިކުނޑި ތަކެއް" ތަމްރީނު ކުރުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް ޑޮކްޓަރުންނާއި ތައުލީމީ ދާއިރާއަށް ޓީޗަރުން ތަމްރީނު ކުރާ ފަދައިން މައުލޫމާތު ފޯރުކޮށްދޭނެ ފަރާތްތަށް ތަމްރީން ކުރުންވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ