2018 އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާ “ފޭސްބުކް” ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވެއެވެ.
ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.
ވީމާ ނަޝްފާ ޙަސަން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޑިއުޓީ ނަންބަރ 3000600 އަދި 9790163 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
2018 އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އާ ގުޅޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ