ކަރަންޓު މައްސަލަ ހައްލު ނުވަނީ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ނުލިބޭތީ - ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދޭ މަރުކަޒީ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަނީ ޖަނެރޭޓަރު ސެޓް ތަކުގެ މަރާމާތައް ބޭނުންވާ ސްޕެއަރ ނުލިބިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އައްޑޫ މަރުކަޒީ އިންޖީނުގޭގައި ތިން ޖަނަރޭޓަރެއްގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި އެ ތިން ޖަނަރޭޓަރު މަރާމާތުކުރުމުގައިވެސް ލަސްތަކެއް ދިމާވަނީ އެއަށް ބޭނުންވާ ސްޕެއާ ޕާޓްސް ނުލިބިގެން ކަމަށް ޝަރީފު ހާމަކުރެއްވިއެވެ.
އައްޑުއާއި ގުޅިފައިވާ ރަށްތަކަށް ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވަމުން އަންނާތީ، އެކަން ހައްލު ކުރުމުގެ ގޮތުން، ތިން ޖަނެރޭޓަރު އެސިޓީއަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އައްޑޫ ސިޓީ އިންޖީނުގޭގައި 11 ޖަނަރޭޓަރު ބޭނުންކުރާއިރު ތިން ޖަނަރޭޓަރެއްގައި މައްސަލަ ޖެހުމުގެ ސަބަބުން ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި ރަށުން ދަނީ ކަރަންޓު ކެނޑެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ