ހުޅުދޫ މެމްބަރު ޝާޑްގެ ފަރާތުން އަންނަ މަހު ގުރުއާން މުބާރާތެއް ހުޅުދޫގައި

ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް)ގެ އެހީތެރިކަމައި އެއްބާރު ލުމާއި އެކު އަންނަ މަހު ހުޅުދޫގައި ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އަންނަ މަހުގެ 8 ވަނަ ދުވަހު ފަށާ މި މުބާރާތުގެ އެންމެހާ އިންތިޒާމް ތައް ކުރިއަށް ގެންދަނީ ހުޅުދޫ އަސާސް ގުރުއާން ކްލާހުންނެވެ.
މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މި މުބާރާތުގައި ހުޅުދޫ އަދި މީދޫންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
އަސާސް ގުރުއާން ކުލާހުން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފޯމްތައް އަސާސް ޤުރުއާން ކުލާހުގެ އޮފީހުންނާއި ހުޅުދު އާއި މީދޫގެ އަވަށު އޮފީހުން ވެސް މިހާރު ލިބެން ހުންނާނެ އެވެ.
އަދި ފޯމް އަސާސް ޤުރުއާން ކުލާހުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ބާއްވަން ނިންމައިފައި ވަނީ ތިން އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރު ދަށާއި 11 އަހަރުން ދަށް އަދި 11 އަހަރުން މައްޗެވެ.
ހުޅުދޫގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި މެމްބަރު ޝާޑްގެ އެހީތެރިކަން އަބަދުވެސް ވަރަށް ފުރިހަމައަށް ލިބިގެންދެއެވެ. އެގޮތުން ގުރުއާން މުބާރާތް ފަދަ ކަންކަމަށް ޝާޑް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރެވެއެވެ.
ޝާޑް ފެނިފައިވަނީ އައްޑޫގެ އެހެން މަޖްލިސް މެމްބަރުންނާއި ތަފާތުކޮށް، ބަސް މަދު އަމަލު ގިނަ މެމްބަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ