އަބްދުއްރަހީމް ތުރުކީ އަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުރުކީއަށް ފުރާވަޑައިގެންފި އެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިއީ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަބްދުއްރަހީމާ އެކު މި ދަތުރުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުންތަކެއް ވެސް ބައިވެރިވެވަޑައިގަނެ އެވެ.މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.އެ ގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު އާއި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އަލީ އާއި ހުޅުދޫ ދާއިރާ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޛާކިރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.މީގެ އިތުރުން މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އާއި ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާޠިމަތު ސަޢުދާ އަދި ހުރާ ދާއިރާ ޕީއެންސީ މެންބަރު އަނާރާ ނައީމް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ