ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް މަސައްކަތް ފަށައިފި

ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ފަށައިފިއެވެ.
ލ. އަތޮޅު ތަޢުލީމު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ފަށާފައިމިވަނީ ސްކޫލު ކިޔެވުން ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި ސްކޫލު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބާރުބޮޑުވެ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ތަފާތު ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
އެގޮތުން ސްކޫލްކައިރީގައި ޓްރެފިކް ނިޝާންތައް ބެހެއްޓުމާއި ޕާކް ނުކުރެވޭނެ ސަރަޙައްދުތައް ކަނޑައަޅައި ސްކޫލް ގޭޓްކައިރިީ ކޯން ޖެހުމުގެ އިތުރުން ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ.
މާލެއާއި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމުގައި ފުލުހުންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި އެސްކޫލްތައް ހިމެނޭ ސަރަޙައްދުގެ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ