ކަރަންޓް ކެނޑުނީ މާލޭގެ ކަރަންޓް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން: ސްޓެލްކޯ

މާލޭގައި ރޭ މެންދަމު ކަރަންޓް ކެނޑިގެން ދިޔައި ކަރަންޓް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. މަލެއިން ކަރަންޓް ކެނޑިގެން ގޮސްފައިވަނީ ރޭ މެންދަމު 3:15 އެހައިކަންހާއިރުއެވެ. ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ހާދިސާ ހިނގުމާއެކު އަނބުރާ ކަރަންޓް ފޯރުކޮށްދިނުމަށް ކުރި މަސައްކަތުން ބައެއް ސަރަހައްދުތަކަށް 3:55 އެހައިކަންހާއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިން ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް މުޅި މާލެއަށް ހެނދުނު 6:00 ގައި ކަރަންޓްގެ ޚިދުމަތް ދީފައިވާނެ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ. "މި ހާދިސާ ހިނގަން މެދުވެރިވީ، މާލޭގެ ކަރަންޓް ވިއުގައެއް ދިމާވި މައްސަލައަކާ ގުޅިގެން. އަދި މި ހާދިސާ މި ކުންފުނިން މި ގެންދަނި އިތުރަށް ބަލަމުން،" ސްޓެލްކޯއިން ބުންޏެވެ. ކަރަންޓްގެ ޚިދުމަތް ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ތަދިތަކަށް ސްޓެލްކޯއިން މާފަށް އެދުނެއެވެ. އަދި ކަސްޓަމަރުން ކުންފުންޏަށް ދިން އެއްބާރުލުމަސް ސްޓެލްކޯ އިން ޝުކުރުވެސް އަދާކުރިއެވެ. މާލޭގައި ރޭ ކަރަންޓް ކެނޑުނު އިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެގެ މަގުތަކުގައި ވަނީ ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ