މީދޫގެ ޒުވާނުންގެ މެދުގައި މަޝްހޫރު “މުންގީ” (މުންގިޒު) ގެ ހަނދާނުގައި ބޭއްވޭ “ގަންބުރި މުންގީ ފުޓްސަލް ޗެލެންޖް 2026” ފުޓްސަލް މުބާރާތް މިރޭ ފެށޭނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ވަން ޕާމް އާއި ހަސްޓާ ލަވިސްޓާއެވެ.
. މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި 4ޓީމް ހިމެނޭ އިރު މި މުބާރާތުގައި ސެމީފައިނަލަށް ދެވޭނީ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމަކަށެވެ.
މި މުބާރާތުގައި ހުޅުދޫ އަދި މީދޫ އަށް ނިސްބަތްވާ 88 އަށް ކުޅުންތެރިންނާއި 32 އޮފިޝަލުން ހަރަކާތެރި ވާނެކަމަށް މުބާރާތް އިންތިޒާމު ކުރާފަރާތުން މައުލޫމާތު ދެއެވެ.
ގަންބުރި “މުންގީ” ފުޓްސަލް ޗެލެންޖް 2026 ގެ ނަމުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މީދޫގައި ނިޔާވެފައިވާ ޒުވާން ކުޅުންތެރިޔާ މުންގިޒުގެ ހަނދާން އާކުރުމާއެކު، މީދޫއާއި ހުޅުދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބިޖެއްސުމާއި، ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމެވެ. މީދޫގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައި ބެލެވިފައިވާ މުންގިޒުގެ ހަނދާނުގައި މިމުބާރާތް ބޭއްވުމަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ ޚާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އައްޑޫ މީދޫ ފުޓްސަލް ދަނޑުގައި މިރޭ 8 ޖަހާއިރު ފެށިގެންދާ ގަންބުރި “މުންގީ” ފުޓްސަލް ޗެލެންޖް 2026 މި އަހަރު ކުރިޔަށް ގެންދަނީ އައްޑޫ މީދޫ ކައުންސިލް އަދި އައްޑޫ މީދޫ ޑަބްލިޔު.ޑީ.ސީ އާއި ގުޅިގެންނެވެ.
މަތިކިޅި އީކޯގާޑަނުގެ ވޯލްކުވޭ ހެދުމަށްފަހު ގާޑަން އަލުން ހުޅުވައިފި މީދޫ އަނޯނާގެ އަހްމަދުދީދީއަށް ސްޓްރޯކެއްޖެހި ފަރުވާދެނީ، ބޭނުންވަނީ ދީލަތި އެހީއެއް! ފަލަސްތީނަށް އެހީތެރިވުމަށް މާދަމާ މީދޫގައި ބޮޑު ހަރަކާތެއް ބާއްވަނީ މިސްކިތްތައް ބިނާކުރަން ސަރުކާރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ