މައުމޫން ފައުންޑޭޝަންއިން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މަމައުމޫން ފައުންޑޭޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ އިސްލާމީ މަރުކަޒުގައި އޮންނަ ޖަލްސާ ފެށޭނީ މިރޭ 10 ޖަހާއިރު ކަމަށާއި މިޖަލްސާގައި ޗެއާމަން ރައީސް މައުމޫން އާއި ފަޟީލަތުއް ޝައިޙް މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަފުޅުދައްކަވާނެ ކަމަށެވެ.
"ފަޟީލަތުއް ޝައިޙް މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަފުޅުދައްވާނީ "ދޫރައްކާތެރިކުރުން" މިމައުޟޫއަށް، އަދި ޗެއާރމަން ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވާނީ "އަޅުކަމާއި ޝަހްސިއްޔަތު ބިނާކުރުން" މި މައުޟޫގެ މައްޗަށް" މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
މި ޖަލްސާއަށް ވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖަލްސާއަށް ވަޑައިގެންދެއްވުމަށް މައުމޫން ފައުންޑޭޝަނުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ