ކަރަންޓް ކެނޑުނުތާ ދެގަޑިއިރުފަހުން ކަރަންޓް ލިބިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ހުރުމަށްފަހު ކަރަންޓް ލިބިއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހް މާލޭގެ ބޮޑު ބަޔަކު މިރޭ ނުވައެއްޖަހާ އެހާކަންހާއިރު ކަރަންޓް ކެނޑިފައިވަނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފައެވެ.
ނުވަޖެހިއިރު ކަރަންޓް ކެނޑުނު ބައެއް ހިސާބުތަކަށް އޭގެ ދޮޅު ގަޑިއިރެއްހާ ފަހުން ކަރަންޓުގެ ހިދުމަތް ލިބުނުނަމަވެސް ފަހުންވެސް ވަނީ އެސަރަހައްދުތަކުން ކަރަންޓް ކެނޑިގެންގޮސްފައެވެ.
މިރޭ މާލެއިން ކަރަންޓް ކެނޑިފައިވަނީ މާފަންނުގެ ބޮޑު ބަޔަކުންނާއި ގަލޮޅުގެ ބޮޑު ބަޔަކުން އަދި މައްޗަށްގޮޅީގެ ބޮޑު ބަޔަކުންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވި ސުޓެލްކޯގެ އިސްވެރިއަކު ވިދާޅުވީ މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑިފައިވަނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ.
މިރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިއުމާއި ގުޅިގެން އާންމު ރައްޔިތުނަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެގެން ގޮސްފައެވެ. އަދި ވިޔަފާރިތަކާއި، ބައެއް ޓީވީ ސުޓޭޝަންތަކުގެ ހިދުމަތްވެސް ވަނީ މެދުކެނޑިގެންގޮސްފައެވެ.
ދެގަޑިއިރަށްފަހް ކަރަންޓް ކެނޑުނު ހިސާބުތަކަށް މިހާރު ވަނީ އަލުން ކަރަންޓް ވަނީ ދޭންފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ