ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

ވަކިފަރާތަކަށް އަމާޒްކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނާ ހަވާއިދުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ.
ރައީސް މައުމޫން މިފަދަ ގޮތަކަށް ޓުވިޓް ކުރައްވާފައި މިވަނީ ދިވެހި ދިދަ ބޭނުން ކުރަން ޖެހޭނެ ގޮތުގެ އުސޫލެއް ހޯމް މިނިސްޓްރީ އެކުލަވާށލާފައި ވަނިކޮށެވެ. އަދި އެ ސޫލުގެ ދަށުން ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ތިރިކުރުމަށް ފުލުހުން ވަނީ އަންގާފައެވެ
Vaki faraathakah amaazu kohgen qaanoonaa qawaaidhah badhalu genaumakee dhuniye qaboolu kuraa usooleh noon.
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިދަ ތިރިކުރުމަށް ފުލުހުން އަންގުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ގައުމީ ދިދައަލީ ދިވެހި ވަންތަ ކަމުގެ ފަހުރުވެރި ރަމްޒް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިހުތިރާމާއެކު ދިވެހި ގައުމީ ދިދަ ބޭނުން ކުރުމަކީ އެންމެހާ ދިވެހިންގެ ހައްގެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ