ވޯލްޑްކަޕް ވޯލްޑްކަޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ވޯލްޑް ކަޕް 2026 ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026، ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފިއެވެ.
މިފަހަރުގެ މުބާރާތަކީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ތިން ގައުމެއް (ކެނެޑާ، މެކްސިކޯ، އަދި އެމެރިކާ) ގުޅިގެން ބާއްވާ މުބާރާތެވެ.
މުބާރާތުގެ ފުރަތަމަ މެޗުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ޝަކީރާ ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތަކާއި، މުބާރާތް ބާއްވާ ގައުމުތަކުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ފެނިގެން ގޮސްފައިވެއެވެ.
މި މުބާރާތުގައި ޖުމްލަ 48 ޓީމު ވާދަކުރާނެއެވެ. މިއީ މީގެ ކުރިން 32 ޓީމު ވާދަކުރަމުން އައި އުސޫލު ބަދަލުކޮށް، މުބާރާތް އިތުރަށް ފުޅާކުރި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތުގެ ފޯރިގަދަ މެޗުތައް ތިން ގައުމުގެ އެކި ސްޓޭޑިއަމްތަކުގައި ކުރިއަށްދާނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގަޑިން މިރޭ 12:00 ގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ. މި މެޗަކީ ”ގްރޫޕު އޭ“ ގެ މެޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ