އުރީދޫގެ ފުޓްބޯޅަ ފޯރި ކެމްޕޭން ފަށައިފި

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް "ފުޓްބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.އުރީދޫން ބުނީ މިއީ ޕްރީޕެއިޑް, ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެއް ކަމަށެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުން މި ބޮޑު ކުޅިވަރު މުބާރާތަށް ތައްޔާރުވަމުންދާއިރު މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައެވެ.ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ "Weare26" ޕެކްއުރީދޫއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް ޚާއްސަ މީޑިއާނެޓް ޕެކެއް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:3 ޖީބީ ރެގިއުލާ ޑޭޓާވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަންއެ ކުންފުނިން ބުނީ މި ޕެކޭޖުގައި ހިމެނޭ ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭނެ ކަމަށާއި މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެ ކަމަށެވެ.އުރީދޫ އެޕްގެ "ހޮޅުއަށި" މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު މި ޚިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.ހިލޭ ސުޕަނެޓް އަޕްގްރޭޑްއުރީދޫއިން ބުނީ މި ކެމްޕޭނުގެ ދަށުން އަންނަ ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެގޮތަށް ނިންމާފައިވާކަމަށެވެ.މި އޮފާ ބޭނުންކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި، މާ ހަލުވި ބްރޯޑްބޭންޑް ސްޕީޑެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޕްރޮމޯޝަނަލް މުއްދަތަށްފަހު ތިންވަނަ މަސް ނިމުމުގެ ކުރިން ޕެކޭޖް ޑައުންގްރޭޑް ނުކުރާނަމަ އަޕްގްރޭޑް ކުރި ޕެކޭޖުގެ އަސްލު އަގު ހިނގަން ފަށާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.ސުޕަނެޓާއެކު 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުޞަތު10 ޖޫން އިން 31 ޖުލައި 2026 ގެ ނިޔަލަށް އާ ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.ގުރުއަތުން ހޮވޭ ނަސީބުވެރިޔާ އިޢުލާން ކުރާނީ ޕްރޮމޯޝަން މުއްދަތު ހަމަވުމުންނެވެ.ލުއި ފަސޭހަ އިންސްޓޯލްމަންޓް އުސޫލުން އާ ޓީވީއެއް ގެއަށްމެޗުތައް ބަލައިލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އުރީދޫން ވަނީ ރެޑްވޭވްއާ ގުޅިގެން، ޝަރުތު ހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް 12 މަސްދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.ކަސްޓަމަރުންނަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭއިރު، ޝަރުޠު ހަމަވޭތޯ ވަގުތުން ބަލައިދެވޭނެއެވެ.ފާއިތުވި ހަ މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އެކްޓިވޭޓްކުރާ އާ އަންލިމިޓެޑް ކަސްޓަމަރުންނަށް މި ފުރުޞަތު ލިބޭނެއެވެ. ޝަރުޠު ހަމަވާ ކަސްޓަމަރުންނަށް މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ލިބޭނެއެވެ.އުރީދޫން ބުނީ 599 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭއިރު، 800 ރުފިޔާއިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ތަފާތު އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ ކަމަށެވެ. އަދި މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން ކަމަށް ވަނީ އުރީދޫން ބުންޏެވެ."ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ."ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ