އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތަށް 30 މިނެޓް އިތުރުކޮށްފި
މާދަމާ އޮންނަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވޯޓުލާން ކަނޑައަޅައިފައި އޮތް ވަގުތަށް ބައި ގަޑިއިރު އިތުރުކޮށްފިއެވެ.މާދަމާ އޮންނަ އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގެ ވޯޓުލުން ފުރަތަމަ ހަމަޖެހިފައި އޮތީ މެންދުރުފަހު 2:30 އިން ރޭގަނޑު 8 ޖަހަންދެނެވެ.އެމްޑީޕީން މިރޭ ބުނީ އެ އިންތިހާބުގެ ވޯޓުލާ ވަގުތު ރޭގަނޑު 8:30އާ ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.އިތުރު 30 މިނެޓް ދޭން ނިންމި ސަބަބެއް އެމްޑީޕީއަކުން ނުބުނެ އެވެ.އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި މީގެ ކުރިން އެ މަގާމު ފުރުއްވި މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ