އަލުން އަނބުރާ ރީނދޫ ލަޝްކަރު ރުކުރުވާލެވިފައިވާ ކަމަށާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި ސަރުކާރު ބަދަލުކުރަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެންމެ އިސް މަގާމަށް މާދަމާ މީހަކު އިންތިހާބު ކުރާނެ އެވެ. ނަޝީދުއާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.
މިރޭ ނަޝީދުގެ ކެމްޕޭން ނިންމާލުމަށް ބޭއްވި ފޯރިގަދަ ޕެރޭޑު ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މި ސަރުކާރު ބަދަލުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. މި ކެމްޕޭނުގެ ތެރޭގައި ރީނދޫ ލަޝްކަރު އަލުން ރުކުރުވާލެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މުއިއްޒުއަށް އެނގިވަޑައިގަންނަވާ އަޅުގަނޑުމެން މި އަންނަނީ މި ސަރުކާރު ބަދަލުކުރާނަން، އަޅުގަނޑުމެން އޭނާ ބަލިކުރާނަން. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އޭނާ ވައްޓާލާނަން،" ނަޝީދު ވިދާޅުވި އެވެ.
މާދަމާ އިންތިހާބުގައި 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 20:30 އާ ހަމައަށެވެ.
ރީނދޫ ލަޝްކަރު ރުކުރުވާލެވިއްޖެ، މި އަންނަނީ މުއިއްޒުގެ ސަރުކާރު ބަދަލުކުރަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ