މެމްބަރު ޝާޑް އާއި މިނިސްޓަރ އިރުތިޝާމްގެ ކައިވެނި މިމަހު 17 ގައި

ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އާއި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްގެ ކައިވެނި މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު ޝާޑް އާއި އިރުތިޝާމް ކައިވެނީގެ ރަން މިދިޔަ ހޯމަ ދުވަހު ވަނީ ކިޔާފައެވެ.
ޝާޑް އާއި ކައިވެނި ކުރައްވަން އުޅުއްވާކަމަށް މިނިސްޓަރ އިރުތިޝާމް ވަނީ އެމިނިސްޓްރީގެ ސީނިއާ ބޭފުޅުން ހިމެނޭ ވައިބަރ ގްރޫޕެއްގައި ވިދާޅުވެފައެވެ. ވައިބަރ ގްރޫޕްގައި އިރުތިޝާމް ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ކައިވެންޏަށް ތައްޔާރު ވުމަށެވެ.
ޝާޑް އާއި އިރުތިޝާމްގެ ކައިވެނި ހޮޓެލް ޖެންގައި ބާއްވާއިރު މި ކައިވެންޏަކީ އިރުތިޝާމްގެ އަލަތު ކައިވެންޏެވެ. އަދި މިއީ މެމްބަރު ޝާޑްގެ ތިން ވަނަ ކައިވެނިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ