ގައުމުތަކުން ދެން ނޯވޭއާ މެދު ސީރިއަސްވާނެ: ހާލަންޑް

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 13) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނޯވޭ އިން ދެއްކި ކުޅުމާއި ހިތްވަރުގެ ސަބަބުން، ދެން ބައިނަލްއަގުވާމީ ލެވަލްގަައި ޓީމުތަކުން ނޯވޭއާ ދެކޮޅަށް ކުޅޭއިރު، ސީރިއަސް ނަޒަރަކުން ވިސްނާނެ ކަމަށް އެ ޓީމުގެ ތަރި، އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ. 
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ނޯވޭ އިން، 28 އަހަރުގެ މެދުކަނޑުމަކަށް ފަހު، ވޯލްޑް ކަޕަކަށް އެނބުރި، އައީ މިހާރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ވޯލްޑް ކަޕަށެވެ. ޔޫރަޕްގެ ކޮލިފައިން ގްރޫޕްގައި، ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ފަހަތަށް ޖައްސާލައި، ވޯލްްޑް ކަޕަށް ކޮލިފައިވި ނޯވޭ އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުގައި، ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ކަޓުވާލައިފަ އެވެ. 
MU STORE
MGH Group of Companies
MU STORE
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
ނޯވޭ އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލުގައި، ފުރިހަމަަ ވަގުތު ހަމަވިއިރު އިންގްލެންޑާ އޮތީ އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، 120 މިނިޓް ތެރޭ، އިންގްލެންޑް އަތުން 2-1 އިން ބަލިވެ، ނޯވޭ ކެޓީ އެވެ.
އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ހާލަންޑް ބުނެފައިވަނިީ، މިދިޔަ ހަ ވަރަކަށް ހަފްތާގައި ހިނގައިދިޔަ ހުރިހާ ކަމަކަށް ނަޒަރު ހިންގާލާއިރު، ސީދާ ވަކިވަކި ކަންކަމާ ބެހޭގޮތުން ވާހަކަ ދެެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. 
"ޔަގީންކަމެއް އަހަރެމެން މި ތިބީ އެ ހިސާބުގައި (މަތީ ލެވަލެއްގައި). މިހާރު މި ބަދަލުވީ ނޯވޭއާ މެދު ދެކޭ ގޮތް. ދެން، އޮތީ މި ލެވަލްގައި ހިފަަހައްޓައިގެން އިތުރަށް ކުރިއަށްދިއުން. ޓީމުަތަކުން ނޯވޭއާ މެދު ސީރިއަސްވާނެކަން ދެން އެނގޭ. އަހަރެމެންނަށް އެނގޭ މި ޓީމަށް އަދިވެސް ކުރިއަށްދެވޭނެކަން،" ފުރަަތަމަ ވޯލްޑް ކަޕްގައި ކުޅެ، ހަތް ގޯލު ޖަހައި، ޕޮލެންޑްގެ ލެޖެންްޑް، ގްރެގޯޒް ލާޓޯގެ ރެކޯޑާ ހަމަކުރި ހާލަންޑް ބުންޏެވެ. 
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ ހަތަރު ޓީމަށް ބަލާއިރު، އިންގްލެންޑަށް ކާމިޔާބަށް އެދޭ ކަމަށާއި އެއީ، އޭނާ އުފަންވީ އިންގްލެންޑަށް ކަމަށްވާތީ ކަމުގައި ހާލަންޑް ވަނީ ބުނެފަ އެވެ.
"ނޯވޭ އަށް ވުރެން ކުރިން އަހަންނަށް ލިބުނީ އިންގްލެންޑް ޖޯޒީއެއް،" ހާލަންޑް ބުންޏެވެ. 
އިންގްލެންޑްގެ އިތުރުން، ސެމީ ފައިނަލުގައި ދެން، އޮތް ޓީމުތަކަށް  ބަލާއިރު، މެންޗެސްޓާ ސިޓީގައި އޭނާއާ އެކު ކުޅޭ ކުޅުންތެރިން ތިބުމުން އެންމެންނަށް ވެސް ކާމިޔާބު މުބާރާތަކަށް އެދޭ ކަމަށް ހާލަންޑް ބުނެފައިވެ އެވެ. 
ނޯވޭ ކޮޅަށް އިންގްލެންޑުން ނަތީޖާ ހަމަހަމަކުރަން ޖެހި ގޯލުގައި، ނޯވޭގެ ކީޕަރު، އޮރްޖާން ނައިލަންޑް ޖެހި ބޯޅަ، ދަނޑުގެ ސްޕައިޑާކޭމް ކެމެރާގެ ވާގަނޑުގައި ޖެހުނު ކަމަށް މަންޒަރުތަކުން ފެނުނު ކަމުގައި ވިޔަސް، ފީފާ އިން ބުނީ، ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުތަކުން އެކަން ރެކޯޑްވެފައިނުވާ ކަމަށެވެ.
ނޯވޭގެ ކޯޗު، ސްޓޭލް ސޯލްބަކަން ބުނެފައިވަނީ، ކެމަރާ ވާގަނޑުގައި ބޯޅަ ޖެހުނުތަން ފެނުނު އޮފިޝަލުން ނޯވޭ ބެންޗުގައި ތިބި ކަމަށާއި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން ޖެހި ގޯލު ހަގީގަތުގައި ބަލައިގަނެގެންނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ