ކަންސަސް ސިޓީ، ޔުނައިޓެޑް ސިޓީ (ޖުލައި 12) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގަައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު "ހާއްސަ" ވާނެ ކަމަށް އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ބުނެފި އެވެ.
މިއީ، އުމުރުން 39 އަހަރުގެ މެސީ، އޭނާގެ ގައުމީ ޓީމުގެ ކެރިއަރުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ.
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުން މި ފަަހަރުގެ މުބާާރާތުގެ ނޮކައުޓް ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ހޯދީ އުނދަގޫ މޮޅުތަކެކެވެ. އެ ގޮތުން، ގަދަ 32 ޓީމުގެ ބުރުގައި، 120 މިނިޓް ކުޅެގެން، ކޭޕް ވާޑް އަތުން 3-2 އިން މޮޅުވިއިރު، ގަދަ 16 ޓީމުގެ ބުރުގައި، ފަހު 10 މިނިޓް ތެރޭ ލަނޑުތައް ޖަހައިގެން ފަހަތުން އަރައި 3-2 އިން މިސްރު ބަލިކުރި އެވެ. އަދި، އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފާއި އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ސްވިޒަލެންޑް އަތުން ކުއާޓާ ފައިނަލުގައި އާޖެންޓީނާ މޮޅުވީ 3-1 އިންނެވެ.
ސެމީ ފައިނަލުގައި އިންގްލެންޑާ ކުޅެން ޖެހޭ މެޗަށް ކެތްމަދުވެފައި ހުރި ކަމަށް މެސީ ވަނީ ބުނެފަ އެވެ.
"އެއީ ހާއްސަ މެޗަކަށްވާނެ. އެއީ އަހަރެންގެ (އިންގްލެންޑާ ކުޅޭނެ) ފުރަތަމަ ފަހަރަށް ވާނެ. ވަރުގަދަ ޓީމުތަކަށް ބަލާއިރު އިންގްލެންޑް ނޫން ހުރިހާ ޓީމަކާ ކުޅެވިއްޖެ. މިއީ އެހެން ކަހަލަ މެޗެއް. ވަރަށް ބޮޑު ސަގާފަތެއް ފުޓްބޯޅައިގައި އޮތް ގައުމެއް އިންގްލެންޑަކީ. ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި ފުޓްބޯޅައިގެ ބޮޑު ގައުމަކާ ދެކޮޅަށް ވޯލްްޑް ކަޕްގެ މި ހިސާބުގައި ކުޅެން ޖެހޭތީ،" މެސީ ބުންޏެވެ.
ރޭގެ މެޗުގައި އާޖެންޓީނާ އިން ސްވިޒަލެންޑް ކޮޅަށް މެސީ އަށް ލަނޑެއް ނުޖެހެ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެޗެއްގައި މެސީގެ ލަނޑެއް ނުފެނި ދިޔަ ފުރަތަމަ ފަހަރެެވެ. އެކަމަކު، މެސީ ވަނީ އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއާ އެކު، މެސީ ވަނީ ވޯލްޑް ކަޕްގެ މުބާރާތްތަކުގައި 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދި ރެކޯޑެއް ގާއިމްކޮށްފަ އެވެ.
މެސީ ވަނީ އާޖެންޓީނާގައި މިހާރު އޮތް ސްކޮޑުގެ މެންޓަލިޓީ އަށް ތައުރީފުކޮށްފަ އެވެ. އަދި، ވޯލްޑް ކަޕް ކާމިޔާބުކޮށްފައި، ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، އަނެއްކާ ވެސް ވޯލްޑް ކަޕްގެ ސެމީ އަށް ދަތުރުކުރުމަކީ ބޮޑު ކާމިޔާބެއްގެ ގޮުތުގައި މެސީ ވަނީ ސިފަކޮށްފަ އެވެ.
މެސީ ބުނީ އިންގްލެންޑާ ކުޅޭ ސެމީ ފައިނަލް "ހާއްސަ" ވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ