ރައީސް ސޯލިހާއި މައުމޫން ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައެވެ. އެހެން ނަމަވެސް އެބައްދަލުކުރެއްވުމުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. 
މިއީ ރައީސް ސޯލިހު ވެރިކަމަށްވަޑައިގެންނެވި ފަހުން އެދެބޭފުޅުން ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 
ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލުކުރައްވާފައި ވާއިރު ރައީސް ސޯލިހު ހުވާކުރެއްވި ދުވަހު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ކުރިމަތިލަނީ އުންމީދުން ފުރިގެންވާ މަރުހަލާއަކާ ކަމަށާއި ސޯލިހުގެ މަސައްކަތްފުޅުގައި ބަރަކާތްލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.
ރައީސް ސޯލިހުގެ ކެބިނެޓްގައި ރައީސް މައުމޫނަށް ވަނީ 20 ޕަސެންޓް ލިބިވަޑައިގެންފައެވެ. 
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ