މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވަން މިރޭ ދަންވަރު ދެކުނު އެފްރިކާ އާއި މެކްސިކޯ ކުޅޭ މެގުގައި ރެފްރީކަން ކުރާނީ ބްރެޒިލްގެ ޓީމަކުން ކަމުގައި ފީފާއިން ހަމަޖައްސައިފި އެވެ.
1970 އާއި 1986ގައި ވެސް ވޯލްޑް ކަޕް މެޗުތައް ކުޅުނު މަޝްހޫރު އަޒްޓެކާ ފުޓްބޯޅަ ސްޓޭޑިއަމުގައި ފަށާ މެޗުގެ ރެފްރީއަކަށް ހުންނާނީ ބްރެޒިލްގެ ވިލްޓޮން ސަމްޕާއިއޯ އެވެ. އެނާގެ އެހީތެރިންނަށް ތިބޭނީ ބުރޫނޯ ޕިރޭޒް އާއި ބުރޫނޯ ބަސްކިލިއާ އެވެ. މެޗުގެ ރެފްރީ ސަމްޕާއިއޯ އަކީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ރެފްރީކަން ކުރި މީހެކެވެ. 2022 ވަނަ އަހަރު ގަތަރުގައި ދަނޑު މެދަށް ނުކުތްއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ހަރަކާތްތެރިވީ ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ތެރޭގަ އެވެ.
ފީފާއިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕަށް 52 ރެފްރީންގެ ޓީމެއް އެކުލަވާލައިފަ އެވެ. އަދި 88 އެސިސްޓެންޓް ރެފްރީން ވެސް ޖުމުލަ 48 ޓީމު ކުޅޭ މުބާރާތުގައި ހަރަކާތްތެރިވާނެ އެވެ.
މި ފަހަރުގެ މުބާރާތުގައި މެޗުތަކަށް ނުކުންނާނެ ރެފްރީން ފީފާއިން އިއުލާނު ކުރާނީ ކޮންމެ މެޗެއްގެ ވެސް ދެ ދުވަސް ކުރިން ކަމުގައި ވަނީ ހަމަޖައްސާފަ އެވެ.
މި ރެފްރީންގެ ދެ ތެރެއިން މިހާތަނަށް ވަނީ މިހާތަނަށް ދެ ރެފްރީ އަކު ލިސްޓުން އުނިކޮށްފަ އެވެ. އެއީ ސޯމާލިއާގެ ރެފްރީ އޮމަރް އަބްގުލްކާދިރް އާޓެން އާއި ނެދެލޭންޑްސްގެ ރެފްރީއެކެވެ. މީގެ ތެރެއިން އެފްރިކާގެ ވެސް އެންމެ ކުޅަދާނަ އެއް ރެފްރީ މުވާރާތުން އުނިކުރީ އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހިފަހައްޓައި އެ ގައުމަށް އެތެރެ ވިޔަ ނުދިނުމުންނެވެ. ސޯމާލިޔާ މީހުން އެމެރިކާ އަށް އެތެރުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.ދެވަނަ ރެފްރީ އަކީ ނެދަލޭންޑްސްގެ މީހެކެވެ. އެއީ ކުޑަކުއްޖެއްގެ މައްސަލާގައި އޭނާ ޖަލުގައި ބަންދު ކުރުމުންނެވެ. ނަމަވެސް މި ރެފްރީގެ އެއްވެސް ކުށެއް ނެތް ކަމަށް ފުލުހުން ނިންމި ފަހުން އޭނާ ލިސްޓުން އުނިކުރުމުން ނެދަލޭންޑްސްއިން ވަނީ ފީފާ އަށް ފާޑުކިޔާފަ އެވެ.
ވޯލްޑް ކަޕް ހުޅުވައިދޭނީ ބްރެޒިލްގެ ރެފްރީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ